ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން އަލުން ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވާއިރު މި ފާލަން ތަރައްޤީ ކުރާނެ ގޮތާމެދު ސޯޝަލް މީޑިއާގައި އެކި ވާހަކަތައް ދަނީ ދެކެވެމުންނެވެ. އަދި އެ ބަޔަކު ބޭނުން ޚިޔާލެއް ދަނީ ފާޅު ކުރަމުންނެވެ. އެގޮތުން ގައުމީ ޔުނިވާސިޓީގެ ޗާންސެލާ އަދި ކްރިޓިކަލް ތިންކިންއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ހަސަން ހަމީދު ވަނީ އޭނާގެ ބްލޮގްގައި ގަދީމީ ފާލަން އަލުން ބިނާކުރުމާއި ގުޅޭގޮތުން ތަފްސީލީ ލިޔުމެއް ހިއްސާކުރައްވާފައެވެ. ހަމީދު ލިޔުއްވާފައިވާ ގޮތުގައި، ގިނަ ބައެއްގެ ހަނދާނުގައި ތިން ރަސްމީ ފާލަމެއް މާލޭގައި އަޅައިފިއެވެ. ކޮންމެ ފާލަމެއްވެސް އަޅަނީ ކުރިން ހުރި ރަސްމީ ފާލަން ރޫޅާލުމަށް…